ވިލާ ކޮލެޖުގެ ސެޓްފިކެޓް 4 އިން ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ޕްރޮގްރާމްގެ ދަރިވަރުންގެ "ސްޕެކްޓްރަމް 2024"ގައި އެ ދަރިވަރުންގެ ހުނަރު ދައްކާލައިފިއެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ހުނަރު ދައްކާލުން ކުރިއަށްގެންދިޔައީ މިދިޔަ ބުދަ ދުވަހު ވިލާ ކޮލެޖުގައެވެ. އެ ޕްރޮގްރާމްގެ ނިމުން ފާހަގަކުރި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަދި ޑިޖިޓަލް އިލަސްޓްރޭޓަރު އަލީ ޝިމްހާގުއެވެ.
ވިލާ ކޮލެޖުން މިއަދު ބުނީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ އާޓް އެންޑް ޑިޒައިން އެގްޒިބިޝަންގައި އެ ދަރިވަރުންގެ އުނގެނުމާއި އުފެއްދުންތެރިކަމުގެ ނިމުން ދައްކުވައިދީ، ދިވެހި ފަންނުވެރި ހިޔާލުފާޅުކުރުމުގެ މުސްތަގުބަލު ދައްކުވައިދޭ ކަމަށެވެ.
ވިލާ ކޮލެޖުން ރާއްޖޭގައި ޒުވާން ހުނަރުވެރިން ތަރުބިއްޔަތު ކުރުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފުކުރައްވައި ޝިމްހާގު ވަނީ ވިލާ ކޮލެޖުން ދިވެހި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ސްޕެކްޓްރަމް ފަދަ ޕްލެޓްފޯމްތަކުގެ މުހިންމުކަމާއި، އާޓިސްޓިކް ކުރިއެރުމާއި އިނޮވޭޝަނަށް މަގުފަހިކޮށްދިނުމުގައި ސްޕެކްޓްރަމް ފަދަ ޕްލެޓްފޯމްތަކުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
އޭގެ އިތުރުން މިއަހަރުގެ ސްޕެކްޓްރަމް އިން ވަކިވަކި ފަރުދުންގެ ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން ރާއްޖޭގައި އުފެއްދުންތެރިކަމާއި މޮޅުކަމުގެ ސަގާފަތެއް ގާއިމުކުރުމަށް ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތް ކުރާކަން ޝިމްހާގު ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އެ ހަރަކާތުގެ އެންމެ ހާއްސަ އެއް ކަމަކީ ދަރިވަރުންނާއި ފެކަލްޓީ ގުޅިގެން ކުރި މަސައްކަތުގެ ސްޕެކްޓްރަމް 2024 ގެ ރަސްމީ ފޮތް އިފްތިތާހު ކުރުމެވެ. އެ ފޮތް އިފްތިތާހުކޮށްދެއްވީ ޝިމްހާގުގެ އިތުރުން ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރުއެވެ.
ވިލާ ކޮލެޖުން ބުނީ މުޅި މައުރަޒުގައި ބައިވެރިން ވަނީ ޒިޔާރަތްކުރާ ފަރާތްތަކާއި ބައިވެރިވުމުގެ ފުރުސަތުގެ ބޭނުން ހިފައި، އެ ފަރާތްތަކުގެ އުފެއްދުންތެރި ޕްރޮސެސްތަކާއި، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ ފަހަތުގައިވާ އިންސްޕިރޭޝަނާ ބެހޭގޮތުން މައުލޫމާތު ދީފައި ކަމަށެވެ. އަދި އެ ހިތްގައިމު މާހައުލުގެ ސަބަބުން ނެޓްވޯކިންއާއި ޑައިލޮގްއަށް މަގުފަހިވެ، އުފެއްދުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ތަޖުރިބާ މުއްސަނދިވެގެން ދިޔަ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
އިނޮވޭޝަނާއި އިމޭޖިނޭޝަންގެ ރޫހުގައި، ސްޕެކްޓްރަމް 2024 އިން އާޓް އެންޑް ޑިޒައިންގެ ގިނަ ފުރުސަތުތައް އަލިކޮށްދީ، އަންނަން އޮތް ޖީލުތަކަށް އާޓިސްޓިކް އެކްސްޕްރެޝަންގެ މިންގަނޑުތައް ދަމަހައްޓަމުން ގެންދިއުމަށް ހިތްވަރު ދިން ކަމަށްވެސް ވިލާ ކޮލެޖުން ބުންޏެވެ.