މަރާމާތުގެ މަސައްކަތެއް ކުރުމަށް ރަސްމީ ފާލަން ބަންދުކޮށްފިއެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން އިއްޒުއްދީން ފާލަން ތަރައްގީކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ.
އިއްޒުއްދީން ފާލަން މަރާމާތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.
އިއްޒުއްދީން ފާލަން އާންމުކޮށް ބޭނުންކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކަށާއި ބޭރުގެ އިއްޒަތްތެރިން ވަޑައިގަންނަވާ ދުވަސްތަކުގައެވެ. ނަމަވެސް ބައެއް ފަހަރު، އާންމު ލޯންޗުތައް ލަފާފުރުމަށްވެސް އެ ފާލަން ބޭނުންކުރެއެވެ.