ޚަބަރު

ޔާޔާ ނަބީލް އަނެއްކާވެސް ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންގެންދާ ގ.ކަމަރާގޭ މުހައްމަދު ނަބީލް (ޔާޔާ) އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

"ލޫސީ"ގެ ނަމުގައި ހުޅުވާފައިވާ ޓިކްޓޮކް އެކައުންޓެއްގައި ނަބީލް ދަނީ އަންހެން ހެދުން އަޅައި، ބަރަހަނާ ވީޑިއޯ ހިއްސާކުރަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުންދިޔަ 39 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މީގެ ކުރިންވެސް ނަބީލް ވަނީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ ހެދި މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.