ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ވެއްޓިފައިވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ބުނެފިއެވެ.
މިދިޔަ އަަހަރު ރާއްޖެ އޮތީ 100 ވަނައިގައި "ޕްރޮބްލޮމެޓިކް" ކެޓަގަރީގައެވެ.
"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް "މިއަދު އާންމުކުރި އިންޑެކްސްގައި ރާއްޖެ ރޭންކް ކޮށްފައި ވަނީ 106 ވަނައިގައެވެ. ނުވަތަ "ޑިފިކަލްޓް"، ސްވެރިކަން ކުރަން އުނދަގޫ ގައުމެއްގެ ގޮތުގައެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ރާއްޖެއަކީ ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމެއްގެ ގޮތުގައި ރޭންކް ކުރީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފި ނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް މިދިޔަ އަހަރު ފާސްކޮށް ތަސްދީގު ކުރި ހެއްކާ ބެހޭ ގާނޫނެވެ. ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގަކަށް އެ ބިލުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށް ރިޕޯޓްސް ވިތައުޑް ބޮޑާސްއިން ބުންޏެވެ.