ޚަބަރު

ޑރ. ރަމްޝާ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

1

ކެންސަރު ބަލީގައި ޑރ. އާމިނަތު ރަމްޝާ އަވަހާރަވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

ރަމްޝާ ވަކިވުމާއެކު ގައުމަށް ގެއްލިގެން އެ ދިޔައީ ކުޅިވަރުގައި މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމަށާއި އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ރެއާއި ދުވާލު މަސައްކަތް ކުރެއްވި ވާގިވެރިއަކާއި ބަލި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިތްވަރު ދެއްވި އޯގާތެރި އެހީތެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މަރްހޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. ކީރިތިﷲގެ ރުއްސެވުމާއި ފުއްސެވުމާ ސުވަރުގޭގެ ދާއިމީ ނިއުމަތް އެ މަރްހޫމާއަށް މިންވަރު ކުރައްވާށި އެވެ." ރައީސް ވިދާޅުވިއެވެ.

ރަމްޝާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ، އީއެންޓީ ދާއިރާއިން ހާއްސަވުމަށް ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކިޔަވަމުން ދަނިކޮށެވެ. އަވަހާރަވީ ކިޔެވުން ފުރިހަމަ ކުރެއްވުމަށް ބެންކޮކްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟