ޚަބަރު

އެސްޓީއޯ އިން ޕަޔަނިޔާ ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ފާތިމަތު ލިޔުޝާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ، އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި 'ޕަޔަނިއާ' ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާއެއް ވިއްކާނީ ޖީއެސްޓީ ނުހިމަނައި، 90 ރުފިޔާއަށެވެ. އެއީ އާންމު އަގުންނަމަ 108 ރުފިޔާއަށް ވިއްކަމުންދިޔަ ސިމެންތި ބަސްތާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން 1500 ރުފިޔާ އިން މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދޭނެ ކަމަށްވެސް ބުންޏެވެ.

އެސްޓީއޯ އިން ބުނީ، އެ ޕްރޮމޯޝަނުން ލިބޭ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި އަތޮޅުތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ޕަޔަނިއާ ސިމެންތިއަކީ ޔޫއޭއީގައި އެންމެ މަގުބޫލް އެއް ސިމެންތި ބްރޭންޑެވެ.