ފިލްމުގެ ޑައިލޮގް ތަކުންނާއި، ސީން ތަކުން އަދި އިޝްތިހާރު ތަކުން އެކި މީމްސް ހެދުމަށްފަހު މީސް މީޑިއާގައި ވައިރަލް ވެގެން ދިޔުމަކީ މިހާރުގެ ޓްރެންޑެކެވެ.
މި ޓްރެންޑްގައި މިފަހަރު މީމް އަމާޒު މިވީ ބޮލީވުޑްގެ ޝެހެންޝާހް އަމީތާބް ބަޗަން އަށެވެ. އަމީތާބް ކަހަނބަކާ އެކީ ފެނިގެންދާ މި އިޝްތިހާރުގައި ކަހަނބުގައި ހުންނަނީ އިންސާނެއްގެ ބޮލެވެ.
އިޝްތިހާރުން ދައްކައިދެނީ އެކި ޖަނަވާރުން. އެއީ ފްރޮގް، އޮކްޓަޕަސް، އަދި ކަހަނބު ރައްކާވުމަށް ފިލާ ގޮތެވެ. މި މަޖާ އިޝްތިހާރު ދައްކާތާ ވަނީ މަސްދުވަސްވެފައެވެ.
ނަމަވެސް މީމް ހަދާ މީހުންގެ ލޮލުގައި މި އަޅައިގަތީ އަދި ކިރިޔާއެވެ. އަދި އެއާ ގުޅިގެން ގިނަ މީމްތަކެއް ހެދުމަށްފަހު އިޝްތިހާރު މިހާރުވަނީ މީސް މީޑިއާގައި ވައިރަލް ވެގެން ގޮސްފައެވެ.
އޭގެ ތެރެއިން ބައެއް މީމްސް ތައް ތިރީގައި ހިއްސާކޮށްލާނަމަވެ.