މެގާ ސްޓާރު އަމީތާބް ބަޗަން އަދި ފިލްމު ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާގެ ކެރިއަރުގައި ފިލްމު 'ސަރުކާރު' އަކީ ވަރަށް މުހިންމު އެއް ފިލްމެވެ. އެ ފިލްމު ވެގެންގޮސްފައި ވަނީ އެ ދެމީހުން އެކުގައި ފިލްމުތައް ހެދުމަށް ކޮށުނު މަގަކަށެވެ.
ފިލްމު ސަރުކާރާބެހޭ ގޮތުން މިހާރު މިވަނީ ތަފާތު ވާހަކަތަކެއް މީޑިއާއަށް ތިލަވެފައެވެ.
ސަރުކާރު ފިލްމުގައި އަމީތާބު ދިރިއުޅޭ ބަންގަލޯ އަކީ ބްލައިންޑް ސްކޫލެއް ކަން ހާމަވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ރާމް ގޯޕާލް ވަރްމާ އާއި އޭނާގެ ޓީމުން ކުރި ދަތުރުތަކެއްގައި ފެނުނު ބަންގަލޯއެކެވެ. ކާރުތަކުގައި ދަމުން އެ ބަންގަލޯ ފެނިގެން އޭނާ އެތަނަށް މަޑުކުރަން ބޭނުންވީ ކަމަށާއި އަދި ވަގުތުން އެއީ ފިލްމުގައި ފެނިގެންދާނެ ބަންގަލޯ ކަމުގައި ނިންމި ކަމަށް ވެއެވެ. އޭރު އޭނާގެ ޓީމު މީހުނަށްވެސް އަދި ރާމް ގޯޕާލް ވަރްމާއަށް ވެސް އެއީ ކާކުގެ ތަނެއްކަމެއް އަދި ކުއްޔަށް ދޫކުރާ ތަނެއްކަމެއްވެސް ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭނާގެ ޓީމުން އެ ބަންގަލޯގެ ހަގީގަތް ހޯދިއިރު އެއީ ބްލައިންޑް ސްކޫލެއް ކަން ދެނެގަނެވުނެވެ. ފިލްމުގެ ޝޫޓް ކުރުމަށް އެ ސްކޫލުގައި ތިބި ދަރިވަރުން އެހެން ތަނަކަށް ބަދަލުކުރެވިފައިވާ ކަމަށާއި ޝޫޓިންތައް ކުރިއަށް ގެންގޮސްފައިވަނީ ސްކޫލު ބަންދު ދުވަސްވަރާ ދިމާކޮށްކަމަށްވެސް ވެއެވެ.
ފިލްމުގެ ތިން ފްރެންޗައިޒެއް ނެރެފައިވާއިރު އޭގައި އަމީތާބާއެކު، އަބީޝެކް ބަޗަން، ކެޓްރީނާ ކައިފް، ކޭކޭ މެނޮން، އަދި ސުޕްރިޔާ ޕަތާކް މުހިންމު ރޯލުތަކުން ފެނިފައިވާއިރު އެއީ އެއަހަރުގެ އެންމެ މަގުބޫލު އެއް ފިލްމެވެ.