ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

އަމީނިއްޔާގެ ސްކޫލުގެ ގޯގްރީން ޕޮރްގުރާމުގައި ބައިވެރިވުމަކީ ލިބުނު ފަހުރެއް: ރައީސް މައުމޫން

އަލީ އިހްސާން

އަމީނިއްޔާ ސްކޫލުގެ ގޯގްރީން ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނި ފަހުރެއްކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމީނިއްޔާ ސްކޫލުގެ އަލިމަސްޔޫބިލް ފާހަގަކުރުމުގެ ގޮތުން އިއްޔެ ކުރިއަށްގެންދިޔަ ގޯގްރީން ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވުމަކީ، އަމީނިއްޔާ ސްކޫލުގެ ކުރީގެ މުދައްރިސެއްގެ ހައިސިއްޔަތުން، ލިބިވަޑައިގެންނެވި ފަހުރެއްކަމުގައެވެ.

ރައީސް މައުމޫން ވަނީ ގޯގްރީން ޕްރޮގްރާމަށް ގަސް ހަދިޔާކޮށްދެއްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ އިއްޔެ ހަވީރު އަމީނިއްޔާ ސްކޫލު ގޯތިތެރޭގައި ގަސް އިންދަވައިދެއްވައިފައެވެ.

އިއްޔެ ހަވީރު އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ ގޯގްރީން ހަރަކާތަކީ އަމީނިއްޔާ ސްކޫލުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އަމީނިއްޔާ ސްކޫލުން ބުނެއެވެ. އަދި އެ ޕްރޮގްރާމުގެ މަގުސަދަކީ އަމީނިއްޔާ ސްކޫލު ފެހި ކުރުން ކަމަށް ވެސް އެސްކޫލުން މައުލޫމާތު ދެއެވެ.