ޚަބަރު

ގޮވާ ތަކެއްޗާއެކު އެމްއެންޑީއެފްގެ ތަމްރީނު ހަރަކާތްތައް ފަށައިފި

ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ ފަރާތުން، ގޮވާ ތަކެއްޗާއެކު ކުރިއަށް ގެންދާ ތަމްރީނު ހަރަކާތްތައް ފަށައިފިއެވެ.

މި ތަމްރީން ހަރަކާތްތައް، މިއަދު ހެންދުނު 8:00 އިން ފެށިގެން މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ، ކާނިވަލް ސްޓޭޖު ސަރަހައްދުގައެވެ.

އަދި ހެނދުނު 10:00 ގައި ހުޅުމާލޭ ހެޑްކުއާޓާ ކައިރީގައި އެ ހަރަކާތް ފަށާފައިވާއިރު، މިއަދު މެންދުރުފަހުވެސް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެންއެންޑީއެފް އިން ބުނީ، އެކި ސަރަހައްދުގައި ކުރިއަށް ގެންދާ މި ހަރަކާތުގެ މެންދުރުފަހުގެބައި 1:15 ގައި މާލޭ އިންޑަސްޓްރިއަލްޒޯނު ހިމެނޭ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ.

ދާދިފަހުން އަވައްޓެރި ސްރީލަންކާގައި ބޮންތަކެއް ގޮއްވާލައިގެންދިން ހަމަލާތަކަކާ ގުޅިގެން ރާއްޖޭގައި ސަލާމަތީ ކަންތައްތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ.

އެގޮތުން، ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ވެރިން އިއްޔެ ވަނީ މަޝްވަރާކޮށްފިއެވެ.

މީގެ އިތުރުން ރާއްޖެއިން ޓެރަރިޒަމާ ގުޅުންހުރި ކަމެއް ފެނިއްޖެނަމަ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ހޮޓްލައިން 1615 އަށް ރިޕޯޓް ކުރުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.