ޚަބަރު

އުރީދޫ ހަދިޔާ ފޮށީގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

މިދިޔަ ރޯދަމަހު އުރީދޫގެ ފަރާތުން ކުރިއަށްގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް މިއަދު އިނާމު ހަވާލުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ އުރީދޫ ހެޑްކުއާޓަރުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި، ހަދިޔާ ފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލުކުރީ އަހުމަދު ފަޔާޒް ކަމަށާއި ފަޔާޒްގެ ބަދަލުގައި އެ ހަދިޔާއާ ހަވާލުވީ މަލީހު މުހައްމަދު ކަމަށެވެ.

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރެއް ވެސް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ. އަދި ޑޭޓާ ޕެކް، ގޭމިން ޕެކް ފަދަ އިތުރު ގިނަ އިނާމުތަކެއް މިއަހަރުގެ ހަދިޔާ ފޮށީގައި އުރީދޫން ވަނީ ހިމަނައިފައެވެ.

އުރީދޫގެ ސީސީއޯ ހުސެއިން ނިޔާޒް ވަނީ ހަދިޔާ ފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ފަރާތްކަށް މަރުހަބާ ދަންނަވައިފައެވެ. ނިޔާޒު ވިދާޅުވީ އެ ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.