ޚަބަރު

ރަމަޟާންމަހު އައިޖީއެމް ހޮސްޕިޓަލުން ހިދުމަތްދޭ ގަޑިތައް ހާމަކޮށްފި

އަލީ އިހްސާން

ރަމަޟާންމަހު އައިޖީއެމް ހޮސްޕިޓަލުން ހިދުމަތްދޭ ގަޑިތައް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައިޖީއެމް ހޮސްޕިޓަލު މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަންގެ ހިދުމަތް ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް ލިބޭނެކަމުގައެވެ. މީގެ އިތުރުން ލެބޯޓްރީގެ ހިދުމަތްތައް ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އަށް ލިބޭނެކަމުގައެވެ. ހަމައެހެންމެ، ކައިގެން ދެ ގަޑިއިރު ފަހުން ހަދާ ޓެސްޓުތައް ރޭގަނޑު 8:00 ފެށިގެން 10:00 އަށް ހެދޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން އަލްޓްރާސައުންޑް ސްކޭން ހެދުން ކުރިއަށްގެންދާނީ ހެނދުނު 9 އިން ހަވީރު 4 ޖެހުމާ ހަމައަށް ކަމަށާއި ސީޓީ ސްކޭ ހެދުމުގެ ހިދުމަތް ދޭނީ ހެނދުނު 9 އިން މެންދުރު 1 ޖެހުމާ ހަމައަށް ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. އަދި އެކްސްރޭ ނެގުމާއި އެމްއާރްއައިގެ ހިދުމަތް ހެނދުނު 9 އިން ރޭގަނޑު 9 އަށް ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އީސީޖީގެ ހިދުމަތް ދޭން ހަމަޖެހިފައިވަނީ ހެނދުނު 9 އިން މެނދުރު ފަހު 3 ޖެހުމާ ހަމައަށެވެ. ފިޒިއޮތެރަޕީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ. އަދި ޖެނެރަލް އޯޕީޑީގެ ހިދުމަތް ހެނދުނު 11 އިން ހަވީރު 5 އަކަށް އަދި ރޭގަނޑު 7:30 އިން މެންދަމު 1:30 އަށް ކުރިއަށް ގެންދާނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.