ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލީ، މި އަހަރުގެ ފެބްރުއަރީ 29 ގައެވެ. 500 ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެ މުއްދަތު މިއަދަށް ހަމަވާނެއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ 13:30 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.
މަތީ ތައުލީމު ހާސިލުކުރުމަށް ލޯނު ދިނުމުގެ އުސޫލުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވާ ދަރިވަރުންނަށް ލޯނު ދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތުތަކުގެ ތެރޭގައި، ޕައިލެޓް ލައިސަންސް ނަގަން ބޭނުންވާ ދަރިވަރުންނާއި އެމްބީބީއެސް ކިޔަވަން ބޭނުންވާ ދަރިވަރުންވެސް ހިމެނެއެވެ.