ޚަބަރު

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް ކަނޑައަޅައިފި

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީއާއި އިސްލާމީ އެއްވެސް ގައުމަކަށް ރަމަޟާން މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ހަބަރު ރަސްމީގޮތުން ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން މާދަމާ، މެއި 5 ވާ އާދީއްތަ ދުވަހަކީ 1440 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަހެވެ. އަދި މިއަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މެއި 6 ވާ ހޯމަ ދުވަހެވެ.

ފަލަކީ ހިސާބުތަކުން ވެސް ދައްކާގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަހުއެވެ.