ޚަބަރު

އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ

އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ ހަންކެޑެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިފައިވާ ކަމަށް މިއަދު 15:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ކަށިތަކަކީ ވަރަށް ދުވަސްވެފައި ހުރި ކަށިތަކެއް ކަމަށް ބެލެވޭ ކަމަށާއި އެ ސަރަހައްދަކީ ކުރީ ޒަމާނުގައި މީހުން ވަޅުލާފައިވާ ސަރަހައްދެއް ކަމުގެ މައުލޫމާތު ލިބޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.