ޚަބަރު

ރާއްޖޭގެ ޖުޑިޝަރީގެ އިސް މަޤާމަށް އަންހެނަކު އައްޔަން ނުކުރެވެންވީ ކީއްވެގެންތޯ އަނީސާ ސުވާލު އުފައްދަވައިފި

1

ދިވެހިރާއްޖެއިން ޖުޑިޝަރީގެ އިސް މަގާމަށް އަންހެނަކު އައްޔަން ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހްމަދު ސުވާލު އުފައްދަވައިފިއެވެ.

ޖުޑިޝަރީގެ އިސް މަގާމަށް އަންހެނަކު އައްޔަން ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ވިދާޅުވެ އަނީސާ ސުވާލު އުފައްދަވާފައިވަނީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އަނީސާ ވިދާޅުވެފައިވަނީ މެލޭޝިއާ ފަދަ އިސްލާމީ ބޮޑެތި ގައުމުތަކުން އެގައުމުތަކުގެ ޖުޑިޝަރީގެ އިސްވެރިއަކަށް އަންހެނުން އައްޔަންކޮށްފައިވާ ކަމަށާއި ދިވެހިރާއްޖެއިން ޖުޑިޝަރީގެ ވެރިއަކަށް އަންހެނަކު އައްޔަން ނުކުރެވެންވީ ކޮން ސަބަބަކާ ހުރެ ތޯ ސުވާލު އުފައްދަވައިފައެވެ.

އަނީސާ ކުރައްވާފައިވާ ޓްވީޓް

އަނީސާ މިހެން ވިދާޅުވެފައިވާ އިރު، މެލޭޝިއާގެ ފުރަތަމަ ޗީފް ޖަސްޓިސްއަކަށް އަންހެނަކު ވަނީ އައްޔަންކޮށްފައެވެ. އެ މަގާމަށް އައްޔަންކޮށްފައިވަނީ ފެޑަރަލް ކޯޓު ފަނޑިޔާރު ޑަޓުކް ޓެންގްކޫ މައިމުން ޓުއާން މަޓްއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟