ޚަބަރު

ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް ހީނާ

މުހައްމަދު އިޝާން

ރައީސް އޮފީހުގެ އިސް ތަރުޖަމާންގެ މަގާމަށް ނޭޝަނަލް ސޯޝަން ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯއަކަށް ހުންނެވި ހީނާ ވަލީދު މިއަދު އައްޔަން ކުރައްވައިފިއެވެ. މިއީ ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހީނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާ ގޮތަށެވެ. އަދި ރައީސް އޮފީހުގެ އިސް ތަރުޖަމާންގެ މަގާމު ހީނާ އަދާކުރައްވާނީ މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

މީޑިއާ ޕީއެސްއެމްގެ ހެޑް އޮފް ނިއުސްގެ މަގާމުގައި ހުންނެވުމަށްފަހު ސިޔާސީ މައިދާނަށް ނުކުންނެވި ހީނާއަކީ ސިޔާސީ ގޮތުން މަގުބޫލު ކަނބަލެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހީނާ ވަނީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އޭނާއަކީ މިހާރުވެސް ޕީޕީއެމް/ޕީއެންސީގެ އިސް ތަރުޖަމާނެވެ.