އިބްރާހިމް ޒަކީ
ރާއްޖެއިން ބޭރުގެ ގައުމުތަކަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން އަށް ބޭފުޅަކަށް ރުހުން ދިނުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ރުހުން ހޯއްދެވުމަށް ރައީސް 10 ބޭފުޅެއްގެ ނަން މަޖިލިސް އަށް ފޮނުއްވެވިއެވެ. އޭގެ ތެރެއިން ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ޝިއުނީން ރަޝީދު އައްޔަން ކުރުމާމެދު ކޮމިޓީން ގޮތެއް ނިންމާފައެއް ނުވެއެވެ.
އެއީ އެ ދެ ބޭފުޅެއްގެ ވަނަވަރު މިހާތަނަށް ކޯޓުން ސާފުވެފައި ނުވާތީ އެ ބޭފުޅުންގެ އިންޓަވިއު ކުރިއަށް ގެންގޮސްފައިނުވާތީއެވެ. އެހެންކަމުން އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެނޭތޯ ކޮމިޓީގައި ވޯޓަށް އަހާފައެއް ނުވެއެވެ.