ޚަބަރު

ރަމަޟާންމަހުގައި ތޮއްޑޫ ކަރާ ހުސްނުވެ ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެފި

އަލީ އިހްސާން

ރަމަޟާންމަހުގައި ތޮއްޑޫ ކަރާ ހުސްނުވެ ލިބެން ހުންނާނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

އއ. ތޮއްޑޫ ކައުންސިލުގެ ރައީސް ޚަދީޖާ ނިއުޝާ ވިދާޅުވީ ކަރާ ދަނޑުތަކަށް އިތުރު ބައްޔެއް ނުޖެހޭނަމަ ރަމަޟާން މަސް ނިމެންދެން ތޮއްޑޫ ކަރާ ލިބެން ހުންނާނެކަމުގައެވެ. މާލެއިން ކަރާ ކިލޯއެއް ލިބެން ހުންނާނީ 15 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމުގައި ނިއުޝާ ވިދާޅުވިއެވެ.

މި ރަމަޟާންމަހު ކަރާ ހެއްދުމަށްޓަކައި 117 ދަނޑު ހެއްދިފައިވާ ކަމަށާއި ކަރާ ނޫނަސް އިތުރު އެހެން ބާވަތްތައްވެސް ތޮއްޑޫއިން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ. އެގޮތުން ކޮޕީފަތާއި، ކުއްޅަފިލާފަތާއި، ބަރަބޯ، ތޮރާ، ކިއުކަންބާ، ޗިޗަންޑާ، ފަޅޯ ފަދަ ތަކެތި ލިބެން ހުންނާނެކަމަށް ނިއުޝާ ވިދާޅުވިއެވެ.