ޚަބަރު

އެމްޑީޕީއަށް އައްޑޫ ގެއްލިއްޖެ، މާލޭގެ ގިނަ ގޮނޑިވެސް ނެގީ ޕީއެންސީން

އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން ޒަމާންތަކެއް ވަންދެން ކޮންޓްރޯލް ކުރަމުން އައި އައްޑޫ ސިޓީއާއި މާލެ ސިޓީގެ ގިނަ ގޮނޑި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހަތް ގޮނޑީގައިވެސް މިހާރު ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ. ނަމަވެސް ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް އައްޑުއަށް އެއް ގޮނޑި އިތުރު ކޮށްފައިވާތީ އައްޑޫ މި ފަހަރު އަށް ކެންޑިޑޭޓުން އިންތިހާބު ކުރި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އައްޑޫން ލިބުނީ ދެ ގޮނޑިއެވެ. އެއީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި އާއި މަރަދޫ ދާއިރާގެ ގޮނޑިއެވެ. އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އެ ދާއިރާގެ މިހާރުވެސް މެންބަރު އިބްރާހިމް ނާޒިލްއެވެ. އަދި މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އަހުމަދު ދީދީއެވެ.

ދެން ހުރި ގޮނޑިތައް ކާމިޔާބުކުރި ކެންޑިޑޭޓުން:

  • ހިތަދޫ އުތުރު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު ސިނާން (ޑީޕް ސިނާ)
  • ހިތަދޫ މެދު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް، ނޫސްވެރިޔާ އަހުމަދު އަޒާން
  • ފޭދޫ ދެކުނު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް، އިބްރާހީމްދީދީ (އައިބީ)
  • ހުޅުދޫ ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު ޝާހިދު (ޝާޑު)
  • މީދޫ ދާއިރާ: އަމިއްލަ ގޮތުން ވާދަކުރި އަބްދުލް ރަހުމާން (އައްދު)
  • ފޭދޫ އުތުރު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް،އިސްމާއިލް ނިޒާރު

މި ފަހަރުގެ އިންތިހާބުގައި މާލޭގެ މެޖޯރިޓީވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. އެގޮތުން މާލޭގެ 17 ގޮނޑީގެ ތެރެއިން ޕީއެންސީން ވަނީ 12 ގޮނޑި ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް ލިބުނީ މާލޭގެ ތިން ގޮނޑިއެވެ. މާލޭގެ އެއް ގޮނޑި އެމްއެންޕީއަށް ލިބުނު އިރު، މައްޗަން ގޯޅީ މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ސަރުކާރުގެ ތާއީދާއެކު އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ޒަމީރެވެ.

މެދު ހެންވޭރު ދާއިރާ: ޕީއެންސީގެ ހުސައިން ނާސިހް ހެންވޭރު ދެކުނު ދާއިރާ: ޕީއެންސީގެ ހުސައިން އިމްރާން ލަތީފް ހެންވޭރު އުތުރު ދާއިރާ: ޕީއެންސީގެ އަހުމަދު އައިފާން ހެންވޭރު ހުޅަނގު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް އަލީ އިބްރާހިމް (ކައްޕި) ގަލޮޅު އުތުރު ދާއިރާ: އެމްޑީޕީގެ މުހައްމަދު އިބްރާހިމް (ކުޑޫ) ގަލޮޅު ދެކުނު ދާއިރާ: އެމްޑީޕީގެ މީކާއިލް އަހުމަދު ނަސީމް މައްޗަންގޯޅީ އުތުރު ދާއިރާ: ޕީއެންސީގެ އިބްރާހިމް މުހައްމަދު މައްޗަންގޯޅީ ދެކުނު ދާއިރާ: ޕީއެންސީގެ މުސްތޮފާ ހުސައިން (މުސްތޮ) މައްޗަންގޯޅި މެދު ދާއިރާ: އަހުމަދު ޒަމީރު (އަމިއްލަ) މާފަންނު އުތުރު ދާއިރާ: އެމްއެންޕީގެ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މާފަންނު ހުޅަނގު ދާއިރާ: ޕީއެންސީގެ މުހައްމަދު މުސްތޮފާ އިބްރާހިމް (އިމްނާ މޮސްތޮ) މާފަންނު މެދު ދާއިރާ: ޕީއެންސީގެ އަސްމާ ރަޝީދު (އަސްމާއްތަ) މާފަންނު ދެކުނު ދާއިރާ: ޕީއެންސީގެ އަބްދުﷲ ރާފިއު (ބޮޗޭ) ވިލިމާލެ ދާއިރާ: ޕީއެންސީގެ މުހައްމަދު އިސްމާއިލް ހުޅުމާލެ އުތުރު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް ހުސައިން ޝަރީފް (ހުސެންބެ) ހުޅުމާލެ މެދު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ޝަޒީމް ހުޅުމާލެ ދެކުނު ދާއިރާ: އެމްޑީޕީގެ އަހުމަދު ޝަމްހީދު