ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ކުޑަކުއްޖަކު އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްފިއެވެ.
ކުޑަހުވަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިތުރު ފަރުވާއަށް މިއަދު މާލެ ފޮނުވާލި ކުއްޖަކީ ހުން އައިސް ފިޓް ޖެހޭތީ އެހޮސްޕިޓަލުން ފަރުވާ ދެމުންދިޔަ ކުއްޖެއް ކަމަށެވެ.
އަދި އެކުއްޖާއަށް ކުޑަހުވަދޫ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަތާ ދެ ދުވަސް ވެއްޖެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނުވަ އަހަރުގެ އެ އަންހެން ކުއްޖާއަކީ މީގެކުރިންވެސް ފިޓް ޖެހުނު ކުއްޖެއްކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.