ރޯދަމަސް

ފަލަކީ ހިސާބުތަކުން ދައްކާގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް: ރައީސް މައުމޫން

މުހައްމަދު އައުޒަމް

ފަލަކީ ހިސާބުތަކުން ދައްކާގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއެއްގައި ވިދާޅުވީ ފަލަކީ ހިސާބުތަކުން ބަލާއިރު މިއަދުގެ އިރު އޮއްސުމުގެ ފަހުން މުސްލިމް އެއްވެސް ގައުމަކަށް ހަނދުފެނުމުގެ ފުރުސަތެއް ނޯންނާނެކަަމަށެވެ.

އެހެންކަމުން ފަލަކީ ގޮތުން ބަލާއިރު މިއަހަރުގެ ރޯދަމަހުގެ ފުރަތަމަދުވަހަކީ 06 މެއި ވާ ހޯމަދުވަސް ކަމަށް ޔަގީން ކުރެވޭ ކަމަށެވެ.

ރައީސް މައުމޫންގެ ޓްވީޓު

ދިވެހި ކަލަންޑަރުގައި ވާގޮތުން ވެސް މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.