ޚަބަރު

ކުރިކެޓް ކާނިވަލުގެ ގުރުއަތު ނެގުމާއި ސްޕޮންސަރޝިޕް ހަވާލުކުރުމުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

މި އަހަރުގެ ރަމަލާންމަހު ބާއްވާ ކުރިކެޓް ކާނިވަލުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތު ނެގުމާއި ސްޕޮންސަރޝިޕް ހަވާލުކުރުމަށް ބޭއްވި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންފިއެވެ.

ކުރިކެޓް އިންޑޯ ހޯލްގައި ބޭއްވި މިހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "އޭސީސީ އަންޑަރ 19 ވެސްޓަން ރީޖަން- ދުބާއީ 2019" ގައި އެންމެ ގިނަ ރަން ހެދި ކުޅުންތެރިޔާގެ އެވޯޑާއި، އިވެންޓް ސްޕަންސަރުންނާއި މި ކާނިވާ ބޭއްވުމުގައި އެހީތެރިވެދެއްވާ ފަރާތްތަކަށް ދޭ އިނާމު އެ ފަރާތްތަކާއި ހަވާލުކޮށްދެއްވައިފައެވެ.

މާހެފުމަކާއެކު ކުރިޔަށްދިޔަ މި ހަފުލާގައި، މާލޭ ސްޕޯޓްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ އެވޯޑެއް އަރުވާފައިވެއެވެ.