ދިވެހި ސިފައިންގެ 127 ވަނަ އަހަރީދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ "ސިފަ އުފާ ޝޯ 2019" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްދު ސޯލިހްގެ ދެކަނބަލުން ބައްލަވައިލައްވައިފިއެވެ.
މިއުޒިކާއި މުނިފޫހި ފިލުވުމުގެ ތަފާތު ރަކާތްތަކާއެކު ކުރިއަށްގެންދާ މި ޝޯއަކީ ކޮންމެ އަހަރަކުވެސް ސިފައިން ބާއްވާ ޝޯއެކެވެ.
ކަޅުތުއްކަލާކޮށީގައި މިރޭ ޝޯ ފަށާފައިވަނީ ސިފައިންގެ އެކި ހިދުމަތްތައް ދައްކުވައިދޭ ގޮތަށް ތުއްތު ކުދިންތަކެއް ހުށަހަޅައިދިން ހަރަކާތްތަކަކުންނެވެ.
މިރޭގެ ޝޯގައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެ ވަޒީފާގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި މަރްހޫމް މޭޖަރ އަހުމަދު އާތިފްގެ ހަނދާން އާކޮށް ހާއްސަ ރިޕޯޓެއްވެސް ގެނެސްދީފައެވެ. މި ޝޯގައި ރާއްޖޭގެ ބައެއް މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައްވެސް ގެނަސްދީފައިވެއެވެ.
ސިފައިންގެ 127 ވަނަ އަހަރީދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މިރޭ ވަނީ ހަވާއެރުވުންގެސް ކުރިއަށް ގެންގޮސްފައެވެ.
މިއަހަރުގެ ސިފައިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ " އަސްކަރީ އުސޫލް ނެގެހެއްޓުން، ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން" މި ޝިއާރެވެ.
ރާއްޖޭގައި ސިފައިންގެ ހިދުމަތް ފަށައިފައި ވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ.