ވެމްކޯގެ ކުނި އުފުލާ ބާޖަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު އިރުއޮއްސި 6:30 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭގައި ވެމްކޯގެ ކުނި ބާޖުތައް ގާތްކުރާ ޖެޓީ ސަރަހައްދުގައެވެ.
މި ހާދިސާގައި ވެމްކޯގެ ބާޖަކުން ޖެޓީ ކައިރީގައި އަޅަފައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުން އެ ދޯނީގެ ކުރީކޮޅަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ދޯނީގެ ކުރީކޮޅުން ބައެއް ވަނީ ބިންދައިގެން ގޮއްސައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.