މި ހިނގާ ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ބުނީ، ހިޖުރީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ރަސްމީ ގަޑި އާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖައްސަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މާރިޗު ހައެއް 2022 ގައި ނެރެފައިވާ ދެންނެވުމުން ކަމަށެވެ.
އެހެން އަހަރުތަކާ ހިލާފަށް މިފަަހަރުގެ ރޯދަމަހުގެ ފަހު ދިހަ ދުވަހަކީ، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޮތީ ކަނޑައަޅުއްވައިފައެވެ.
ނަމަވެސް އެއީ ހާއްސަ އެލަވަންސެއް ދޭގޮތަށް ވަޒީފާއަށް ކޮންހެން ނުކުންނަ ޖެހޭ ސަރުކާރު މުވައްޒަފުން، ވަޒީފާއަށް ނުކުންނަ ގޮތަށެވެ. އެހެންކަމުން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ކުރިން އޮތް ގޮތަށް ހަމަޖެހިގެންދާނީ ހަ ރޯދައަށްފަހުގައެވެ.