ޚަބަރު

100 ޖީބީ އާއެކު އުރީދޫ އިން އީދަށް ހާއްސަ އޮފާތަކެއް

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫ އިން ހާއްސަ އޮފާތަކެއް އިއުލާންކޮށްފިއެވެ.

އުރީދޫ އިން ބުނީ، މިއީ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާއާ ގުޅުންބަދަހިކުރުމުގައި އެ ކުންފުނިން ހާއްސަކޮށް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާއެއް ކަމަށެވެ.

އެގޮތުން ވީޑިއޯ ކޯލް ކުރުމާއި ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރިކޮށް މި އީދު ކުލަގަދަކޮށް ފާހަގަކުރެވޭނެ ކަމަށާއި މި އޮފަތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ކަމަށް ބުންޏެވެ.

އީދަށް އުރީދޫ އިން ތައާރަފު ކުރި އޮފާތައް:

- އީދު ޕެކް: އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ/ 2 ދުވަހަށް އެންމެ 50ރ. އަށް

- ޗުއްޓީ ޕެކް: 100 ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެ. ކަސްޓަމަރުންނަށް މި ޕެކް 3 ދުވަހަށް 100ރ އަށް ނުވަތަ 5 ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެ

- ގިފްޓް އަ ޕެކް: މިއީ ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ޑޭޓާ ޕެކެއް ހަދިޔާ ކުރުމުގެ ފުރުސަތެއް

- ޓެކްސްޓް އަ ކޮފީ: އުރީދޫ އެޕް މެދުވެރިކޮށް ރައްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ