ޚަބަރު

މިއަދަކީ އެލައިޑް ރޯދަ ޕްރޮމޯޝަން އަދި މަދަހަ މުބާރާތުގައި ބައިވެރިވެ އައިޕެޑެއް ހޯދުމުގެ އެންމެ ފަހު ފުރުސަތު!

އެލައިޑް އިންޝުއަރަންސް ކުންފުނިން މި އަހަރަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ރޯދަ ޕްރޮމޯޝަންގައި އެ ކުންފުނިން ވަނީ ގެދޮރުގައިވާ އަގުހުރި މުދަލަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ޕްލޭން؛ ހިޔާވަހީގެ އަހަރަކަށް 600 ރުފިޔާ ދައްކައިގެން 6 ލައްކަ ފަންސާސްހާސް ރުފިޔާއާއި ހަމައަށް ބަދަލު ލިބޭ ލަގްޒަރީ ޕްލޭން ނަންގަވާ ކޮންމެ ކަސްޓަމަރަކަށް، ބައްލަވައިގަންނަވާ ކޮންމެ ޕްލޭނަކާއި އެއް އަގުގެ ކޮމްޕްލިމެންޓަރީ ގިފްޓް ޕެކެއް ދިނުމަށް ނިންމައިފައެވެ.

އޮންލައިންކޮށް myallied.mv އަދި އެލައިޑް މޮބައިލް އެޕްއިން ވަގުތުން ނެގޭ މި ޕްލޭނަކީ، ގެދޮރުގެ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމުގައި އެލައިޑުން ފާހަގަކުރެއެވެ. އެގޮތުން މި ޕްލޭން މެދުވެރިކޮށް ކަވަރޭޖް ލިބޭ ތަކެތީގައި ތެރޭގައި އޭސީ، އައިސް އަލަމާރި، ދޮންނަ މެޝިން، ބަދިގެ ސާމާނު ފަދަ މިނޫންވެސް އަގުހުރި ތަކެތި ހިމެނެއެވެ. މި ތަކެއްޗަށް ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުމާއި އަލިފާނުގެ ހާދިސާއަކުން ލިބޭ ގެއްލުން އަދި ފެން ހޮޅިއެއް ފަޅައިގެން ގޮސްގެސް ފެނުން ލިބޭ ގެއްލުން ފަދަ ކަންކަން ހިމެނެއެވެ.

ހިޔާވަހީގެ ލަގްޒަރީ ޕްލޭން އަކާއެކު ދޫކޮށްލާ ކޮމްޕްލިމެންޓަރީ ގިފްޓް ރެޑީމް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ރަސްމީ ގަޑީގައި އެލައިޑްގެ ކަސްޓަމާ ފްރަންޓް އޮފީސް؛ ހ.އޯކިޑުން، ޕްލޭން ނަގާތާ 1 މަސް ދުވަހުގެ ތެރޭގައެވެ.

ހަމައެއާއެކު ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެލައިޑުން މި އަހަރު ފޭސްބުކްގައި ކުރިއަށްގެންދާ މަދަހަ މުބާރާތުގެ ސުންގަޑި ހަމަވާ ތާރީހަކީވެސް މިއަދެވެ. އެހެންކަމުން މަދަހަ މުބާރާތުގައި ބައިވެރިވެލެއްވުމަށް #އެލައިޑްމަދަހަ ހޭޝްޓެގެއްގެ ގޮތުގައި ޖެއްސެވުމަށް ފަހު މިރޭ 12 ޖެހުމުގެ ކުރިން ޕޯސްޓް ކުރެއްވުމަށް އެލައިޑުން އެދެއެވެ.

މި މުބާރާތަށް ހުށަހަޅާ މަދަހަ ވީޑިއޯތަކުގެ ތެރެއިން ފަނޑިޔާރުން އެންމެ މޮޅުކަމަށް ނިންމާ ވީޑިއޯ ހުށައަޅާ ފަރާތަކަށް އިނާމަކަށް އައިޕެޑެއް ލިބިގެންދާނެއެވެ. 12 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލާފައިވާ މި ފުރުސަތުގައި، ވީޑިއޯ ޕޯސްޓް ކުރައްވަންވާނީ ބެލެނިވެރިޔާގެ ހުއްދަ އާއެކު ބެލެނިވެރިޔާގެ ފޭސްބުކް އެކައުންޓްގައި ޕަބްލިކް ސެޓިންގައެވެ.

އެލައިޑުން ވަނީ މި މުބާރާތަށް ލިބެމުން އަންނަ ތަރުހީބު ފާހަގަކޮށް އެންމެހާ ބައިވެރިންނަށް ޝުކުރު ދެންނަވާފައެވެ.