ގއ. ވިލިނގިލީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:09 ހާއިރު ވިލިނގިލީ ވޯޓާ ސަޕްލައިއަށް ހަދަމުންދާ އިމާރާތާ ދިމާލުން އަތިރިމަތީގައި ހުރި ވިނަ ގަސްތަކެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެވަގުތު ފުލުހުން އެ ސަރަހައްދަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ފުލުހުންނާއި އާންމުން ގުޅިގެން މިއަދު ހަވީރު 5:25 ހާއިރު ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.