ހަތަރު ފޯނާއި ގިނަ އަދަދެއްގެ އިލެކްޓޯނިކް ސާމާނު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު 10:50 ހާއިރު ފުލުހުން ޕެޓްރޯލް ކުރަމުން ގެންދަނިކޮށް ހެންވޭރު ސަހަރާ ކައިރިން ހިނގާފައި ދިޔަ މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވާ ބަލައި ފާސްކުރި އިރު ވަގަަށް ނަގާފައިވާ ކަމަށް ބެލެވޭ ހަތަރު ފޯނާއި،ގިނަ އަދަދެއްގެ އިލެކްޓޯނިކް ސާމާނުތަކެއް އޭނާގެ ދަބަހުން ފެނިފައިވާ ކަމުގައެވެ. މި މައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމުގައެވެ.