ޚަބަރު

އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ހަތަރުވަނަ ފަންގިފިލާއަށް ވެއްޓުނު ބިދޭސީއަކަށް އަނިޔާވެއްޖެ

އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ހަތަރުވަނަ ފަންގިފިލާއަށް ވެއްޓުނު ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:00 ހާއިރު މުތީގޯޅީގައި އިމާރާތް ކުރަމުންދިޔަ ގެޔަކުން މީހަކު ވެއްޓިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން އެ ސަރަހައްދަށް ގޮސް، މައުލޫމާތު ސާފުކުރުމުން އެ އިމާރާތުން ވެއްޓިފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެމީހާ ވެއްޓިފައިވަނީ ފަސްވަނަ ފަންގިފިލާއިން ހަތަރުވަނަ ފަންގިފިލާއަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެމީހާ އައިޖީއެމްއެޗްއަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.