ޚަބަރު

ރަމަޟާންމަހު ޤައުމީ ދާރުލް އާސާރު ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި

އަލީ އިހްސާން

ރަމަޟާންމަހު ޤައުމީ ދާރުލް އާސާރު ހުޅުވާފައި ހުންނަ ގަޑިތައް އާއްމުކޮށްފިއެވެ.

މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާ އެންޑް ހެރިޓޭޖުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގައުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރާއި ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހަފްތާ ބަނދު ފިޔަވައި ކޮންމެ ދުވަހަކު ހުޅުވިފައި ހުންނާނީ 9:15 އިން 12:30 އަށް ކަމަށެވެ.

މީގެ އިތުރުން އަންނަ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ސަރުކާރުގެ ފަރާތުން ކަނޑައެޅުމުން އަންނަ ހޮނިހުރު ދުވަހާއި އާދީއްތަ ދުވަހާ ދެ ދުވަހުވެސް އުތީމު ގަނޑުވަރާއި ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެ ކަމަށާއި ޝައްވާލުމަހުގެ 8 ވަނަ ދުވަހުގެ ފެށިގެން ކުރިންވެސް މި ތިން ތަނުން ދެމުންގެންދިޔަ ގޮތަށް ލިބެމުންގެންދާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތުދެއެވެ.