ޚަބަރު

މާފުށީ ޖަލުގައި މާރާމާރީއެއް ހިންގައި މީހަކަށް އަނިޔާވެއްޖެ

އަލީ އިހްސާން

މާފުށީ ޖަލުގައި މާރާމާރީއެއް ހިންގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާފުށީ ޖަލުގައި ތިބި ބަންގުލަދޭޝްގެ ދެ ގައިދީއެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި 31 އަހަރުގެ މީހެއްގެ މޭގައި ފައިން ޖަހާފައިވާކަމަށް ރިޕޯޓްކޮށްފައިވާ ކަމުގައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 14:37 ގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެފައިވާ މީހާއަށް އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދީފައިވާ ކަމުގައެވެ. މިމައްސަލަ ފުލުހުން ތަހްގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.