ޚަބަރު

ކުނިކަހަން ހުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލި ބަޔަކު ހޯދަނީ

1

އިއްޒުއްދިން މަގުގައި ކުނިކަހަން ހުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލި ބަޔަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 11:17 ހާއިރު އިއްޒުއްދިން މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި 48 އަަހަރުގެ އަންހެނަކަށް އަނިޔާވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެބެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ވަގުތު ސައިކަލްގައި ތިބި ދެ މީހުން ވަނީ މަޑުނުކޮށް ފިލައިފައި ކަމަށެވެ. އެހެންވެ ސައިކަލާއެކު އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟