ޚަބަރު

މާދަމާ ޔޫތު މިނިސްޓްރީން ބޭއްވުމަށް ހަމަޖެހިފައިވާ "ހަފްތާ ރެސް" ކެންސަލްކޮށްފި

އަލީ އިހްސާން

މާދަމާ ޔޫތު މިނިސްޓްރީން ބޭއްވުމަށް ހަމަޖެހިފައިވާ "ހަފްތާ ރެސް" ކެންސަލްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންމެ ހަފްތާ ބަންދެއްގައި ސަރުކާރުން ބޭއްވުމަށް ނިންމާފައިވާ "ހަފްތާރެސް" ވީކެންޑް މާކެޓް ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފިތުރު އީދަށްފަހު ކަމުގައެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަފްތާރެސް، މިހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި މުދާ ވިއްކާ ސްޓޯލްތަކާއި މުނިފޫނިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ. ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކެންޑް މާކެޓެއް ބޭއްވުމަށް ރައީސް ސޯލިހު ވެވަޑައިގަންނަވާފައިވާ ވައުދުގެ ދަށުން އިންތިޒާމްކުރާ ހަރަކާތެކެވެ.

ޔޫތު މިނިސްޓްރީން ބުނެފައިވަނީ މި މާކެޓްގައި ސްޓޯލްތައް ދޫކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކަނބަލުންނަށާއި އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަ ޒުވާނުންނަށް އިސްކަންދީގެން ކަމުގައެވެ.