ޚަބަރު

ޑިންގީއެއް ދުއްވައިލިތަނުން، މޫދަށްވެއްޓި ބުރަފަތީގައި ބޯ ޖެހިގެން މީހަކު މަރުވެއްޖެ

އިބްރާހިމް ޒަކީ

ޑިންގީއެއް ދުއްވައިލިތަނުން، ޑިންގީގައި އިންމީހާ މޫދަށްވެއްޓި، އެޑިންގީގެ ބުރަފަތީގައި ބޯޖެހި ޒަހަންވެގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު 11:12 ގައި ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާގައި މަރުވެފައިވަނީ 41 އަހަރުގެ ބަނގުލާދޭޝް މީހެއްކަމަށެވެ.

އެމީހާ ޑީންގީގައި ނައްޓައިލީ އއ. ހަލަވެލި ރިސޯޓްގެ ފައްތިޔަލުގައި އަޅައިފައިއޮތް ޑައިވިންދޯނީގައި ހުރި ދޯނިކެޕްޓަން ބަލައި ކަމަށާއި، އެމީހާ ޒަހަމްވެގެން އެއަތޮޅު އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ފުލުހުން ބުންޏެވެ.

"އެ ދޯނީގެ ކްރޫއެއްގެ ގޮތުގައި މަސައްކަތްކުރާ 41 އަހަރުގެ ބަނގުލާދޭޝަމީހަކު ޑައިވިން ދޯނީގެ ޑިންގީގައި ކެޕްޓަން ބަލައިދާން ނައްޓައިލިވަގުތު މޫދަށް ވެއްޓި ޑިންގީގެ ބުރަފަތީގައި ބޯ ޖެހިގެން ނިޔާވެފައިވާކަމަށް މައުލޫމާތުލިބިފައިވަނީ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ އެމީހާއެކަނި ޑިންގީގައި ނައްޓާލިތަނުން ފަހަތަށް ވެއްޓިގެން ކަމަށާއި، އެމިހާ ވެއްޓޭތަން ފެނިގެން އެހެން މީހުން އެ ސަރަހައްދަށް ދިޔައިރު އޭނާގެ ގަމީސް ޑިންގީގެ ބުރަފަތީގައި އޮޅިފައި އޮތް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.