ރޯދަމަހު ވެމްކޯއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާއްމުކޮށްފި އެވެ.
ވެމްކޯއިން މައުލޫމާތު ދިން ގޮތުގައި ކުރިއަށް މިއޮތް ރޯދަ މަހު ގޭގެއިން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 14:00 އިން 17:00 އަދި 19:00 ގެ ފަހުންނެެވެ. އަދި ހުކުރު ދުވަހު 10:00 އިން 11:30 އަށް، 13:30 އިން 16:00 އަދި 19:00 އިން 00:30 އާއި ދެމެދު ގޭގެއިން ކުނި ނެގުމަށް ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން ކޮމާޝަލް ކަލެކްޝަން ސާވިސްގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 10:00 އިން 16:00 އަދި 22:00 އިން 04:00 އަށް ކުރިއަށް ދާނެކަމަށް ވެމްކޯއިން މައުލޫމާތު ދިނެވެ. އަދި ހުކުރު ދުވަހު ކޮމާޝަލް ކަލެކްޝަން ސާވިސްގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައި ވަނީ 13:30 އިން 17:00 އަދި 22:00 އިން 04:00 ކަށެވެ.
ވެމްކޯގެ ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުކުރު ދުވަސް ފިޔަވައި، ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 19:390 އިން ދަންވަރު 02:00 އަށެވެ.
މި ދެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ މެނދުރު 14:00 އިން ހަވީރު 17:00 އަށެވެ. އަދި ރޭގަނޑު ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން 19:00 އިން ދަންވަރު 02:00 އަށް ހުޅުވުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވާފައި ހުންނާނީ ރެގަނޑު 19:30 އިން ދަންވަރު 02:00 އަށެވެ.
ވެމްކޯގެ ކޯޕަރޭޓް އޮފީހާއި ރީޖަނަލް އޮފީސްތައް ރޯދަމަހު ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ.