އިބްރާހިމް ޒަކީ
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު، ބޭސް ފަރުވާއަށް ގޭގައި ބަނދު ކުރުމަށް ހައިކޯޓުން ކުރި ވަގުތީ އަމުރު ސައްހަކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުރިއިރު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި، ނާއިބު ރައީސް ކަމުގެ މަގާމުގައި ހުރިއިރު ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮއްވާލައިގެން އޭރުގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު އަވަހާރަކޮށްލަން މަސައްކަތްކުރި ކަމުގެ މައްސަލައިގައި އަދީބު ގެންދަނީ 30 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ނަމަވެސް ފަހަކަށް އައިސް ދިމާވި ސިއްހީ މައްލަތަކަކާގުޅިގެން، ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން ގޭ ބަންދަށް ބަދަލުކުރަން މިއަހަރުގެ ޖެނުއަރީ މަހުގެ 28 ގައި ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަހިކޯޓުން އެގޮތަށް އަމުރު ކުރި ނަމަވެސް ދައުލަތުން އެ އަމުރު ސުޕްރީމް ކޯޓިގައި އިސްތިއުނާފް ކުރުމުން އަލުން އަދީބު ޖަލަށް ގެންދިޔައެވެ.
ނަމަވެސް މިއަދު ހައިކޯޓުގެ އަމުރަށް ތާއީދުކޮށް، އެ އަމުރު ސައްހަކަމަށް ސުޕްރީމް ކޯޓުނުް ނިންމެވިއިރުވެސް ބޭސް ފަރުވާއަށްޓަކައި އަދީބު ހުރީ ޖަލުގައި ބަންދު ކޮށްފައެވެ.