ސިނަމާލެ ބްރިޖް

ސިނަމާލެ ބުރިޖް ހައިވޭ މައްޗަށް އުދަ އަރަނީ

ބުރިޖު ހައިވޭ މައްޗަށް އުދަ އަރައިފި އެވެ.

އުދަ އަރާފައި ވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ހައިވޭއިން ގޮސް ސިގްނަލް ލައިޓާ ކައިރިވާ ހިސާބަށެވެ. މިއަދު ހެނދުނު "ވަން އޮންލައިން"ގެ ނޫސްވެރީން އެ ސަރަހައްދަށް ގޮސް ބެލި އިރު، އުދަ އެރުމާ ގުޅިގެން ގިނަ އަދަދެއްގެ ވެލި ވަނީ އެއްގަމަށް އަރައިފަ އެވެ.

އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދު އޮތީ ފުލުހުން ކޯނު ޖަހައި، އޭގެ އަރިމަތީން ނޫނީ ދަތުރު ނުކުރެވޭނެ ގޮތަށް ހަދައިފަ އެވެ.

ބުރިޖު އަދި ހައިވޭގެ މި ސަރަހައްދަކީ މޫދާއި މަގާ އެންމެ ކައިރިވާ ހިސާބެވެ. މީގެ ކުރީން ވަނީ ބުރިޖަށް އުދަ އަރައި ލޮނު ބުރާތީ އެ ސަރަހައްދުގައި ވެސް ބޮޑު ބޯޑެއް ޖަހައިފަ އެވެ.

ބުރިޖު ހައިވޭ މައްޗަށް އުދަ އަރާފައި މި ވަނީ ރޭ ދަންވަރު ދިޔަވަރު އެންމެ ބޮޑުވި ވަގުތުގައި ކަމަށް ބެލެވެ އެވެ.