ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ވަގަށް ނަގައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފެން މޯޓަރު ވަގަށް ނަގާފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުށް ހިނގި ތަނަށް ހާޒިރުވެ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ މީގެ ފަސް ދުވަސް ކުރީން ވަނީ ވަގަށް ނަގައިފައެވެ. އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެ މައްސަލަތަކުގައި މީހަކަށް ފިޔަވަޅު ކަމަށް ފުލުހުން އަދި ނުބުނެއެވެ.