ޚަބަރު

މާފަންނު ގެއެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓި އަނިޔާވެއްޖެ

އަލީ އިހްސާން

މާފަންނު ގެއެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިގެން 18:34 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމީހާއަކީ އެގޭގައި އޭސީ ހަރުކުރަން އުޅުނު 18 އަހަރުގެ ބަންގުލަދޭޝް ފިރިހެނެއް ކަމަށާއި އޭނާ ވެއްޓިފައިވަނީ އޭސީ ހަރުކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިހާރު އެމީހާ އައިޖީއެމްއެޗްއަށް ގެންގޮސް އަންނަނީ ފަރުވާ ދެމުންނެވެ.