ޚަބަރު

މިދިޔަ އަހަރު އެސްޓީއޯއަށް 10.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 10.9 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެކަން ހާމަކޮށްފައިވަނީ، އެސްޓީއޯއިން ނެރުނު 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައެވެ.

އެ ރިޕޯޓްގައިވާގޮތުން އާމްދަނީގެ ގޮތުގައި، އެކުންފުންޏަށް 10.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ.

ރިޕޯޓްގައި އެސްޓީއޯއިން ބުނެފައިވަނީ މިއީ ކުންފުންޏަށް ލިބުނު ވަރަަށްބޮޑު ކާމިޔާބެއް ކަމަށެވެ.

އަހަރީ ރިޕޯޓްގައިވާގޮތުން، ހުސްވި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ތެޔޮ ވިއްކައިގެންނެވެ. އެގޮތުން 2017 ވަނަ އަހަރާ އަޅާ ބަލާއިރު ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ވަނީ 34 ޕަސެންޓު އިތުރުވެފައެވެ.

ރިޕޯޓްގައި ހިމަނާފައިވާ، އާމްދަނީ ބެހިފައިވާ ގޮތުގެ ޗާޓުން ދައްކާގޮތުން، ފިއުލްއިން 6.3 ބިލިއަން ރުފިޔާލިބުފައިވާ އިރު، ޓްރޭޑިންގެ ބައިން 2.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މަސްވެރިކަމުގެ ބައިން 1.3 މިލިއަން ރުފިޔާ، ގޭހުގެ ބައިން 223 މިލިއަން ރުފިޔާ، އިންޝުއަރެންސްގެ ބައިން 245 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ލިބިފައިވާ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް އެސްޓީއޯގެ ބޯޑުން ވަނީ ނިންމައިފައެވެ.