ހުޅުމާލެއިން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ މއ. ޕެރީހީލިއަން، އަކްރަމް އަދީލް ސައީދު، 25އ. އެވެ.
ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަކްރަމް ހަބަރެއްނުވެގެން އޭނާގެ އާއިލާއިން ރޭ 7:22 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:15 ހާއިރު، އޭނާ މިހާރު ދިރިއުޅޭ ގެ، ހުޅުމާލެ ފޭސް ދޭއްގެ ހިޔާފްލެޓްގެ އެޗް 15 އިން ކަމަށެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.