އެންމެ ކުޑަ އުޖޫރައަކަށް މަދުވެގެން 9000 ރުފިޔާ ކަނޑައެޅެން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ މަސައްކަތްތެރީންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅެން ޖެހޭނެކަމަށެވެ. އަދި ދިވެހިންގެ ޖީޑީޕީއަށް ބަލާއިރު ބޮލަކަށް 9000 ޑޮލަރު ޖެހޭއިރު ބޮލަކަށް ޖެހޭ ޑޮލަރަކަށް ރުފިޔާއެއް ދެވެން ވާނެކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވި ގޮތުގައި ދުވާލަކަށް 300 ރުފިޔާ އަކީ އެންމެ ރަނގަޅު އަދަދެވެ.