މޫސުމް

އިންޑިއާއަށް ''ފަނި'' އަރަން ތައްޔާރުވެއްޖެ

މުހައްމަދު އައުޒަމް

ތޫފާން ''ފަނި'' އިންޑިއާއަށް މިސްރާބު ޖަހާފައިވާތީ އެގައުމުގެ އައްސޭރިފަށް ކުއްލި ހާލަތަށް ގެނެސްފިއެވެ.

ލަފާކުރެވޭ ގޮތުން ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި އިންޑިއާގެ އައްސޭރިފަށުގެ އަވަށް އޮޑިއްސާއަށް މި ތޫފާން އަރާނެއެވެ. އިންޑިއާގެ މޫސުމާބެހޭ ޑިޕާޓްމަންޓުން ލަފާކޮށްފައިވާ ގޮތުގައި މި ތޫފާން އަރާއިރު ގަޑިއަކު 175 ކިލޯމީޓަރާއި 185 ކިލޯމީޓަރާދެމެދު ބާރުމިނެއްގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 205 މޭލަށް ވައި ގަދަ ވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އޮޑިއްސާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގައިފައެވެ. އަދި އައްސޭރިފަށަށް ނުދިއުމަށްވެސް ވަނީ އަންގައިފައެވެ.

ކުއްލި ހާލަތުގައި މަސައްކަތް ކުރާ 28 ޓީމެއް އެސަރަހައްދަށް ފޮނުވަން މިހާރުވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ މި ތޫފާނަކީ ލެވެލް ތިނެއްގެ ތޫފާނެއް ކަމަށް ކަނޑައަޅައިފަ އެވެ.