ޚަބަރު

ރާއްޖޭގެ މުސްތަގުބަލު ސަލާމަތްކުރަން މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރަންޖެހޭ: ރައީސް ނަޝީދު

އަލީ އިހްސާން

އިސްލާމްދީނުގެ ނަމުގައި ހިންގަމުންދާ ކަންތައްތައް ބަލައި، ރާއްޖޭގެ މުސްތަގުބަލު ސަލާމަތްކުރުމަށް މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އިސްލާމްދީނުގެ ނަމުގައި ހިންގަމުން މިދާ ކަންތައްތައް ބަލައި، ރާއްޖޭގެ މުސްތަގުބަލު ސަލާމަތްކުރުމަށް މިވަގުތު އެންމެ މުހިއްމު ކަމަކީ، ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމުގައެވެ.

އެމަނިކުފާނުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދާ ފަދަ ވާހަކަތައް މާ ގިނަ ކަމުގައެވެ.

"އިސްލާމުދީނުގެ ނަމުގައި ހިންގަމުން މިދާ ކަންކަމަށް ބަލައި، ރާއްޖޭގެ މުސްތަގުބަލު ސަލާމަތްކުރުމަށް މިވަގުތު އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހުކުރުން. މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދާ ފަދަ ވާހަކަތައް މާ ގިނަ،" ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިސްލާމްދީނުގެ ނަމުގައި ޓެރެރިޒަމުގެ އަމަލުތަކެއް މިދިޔަ ހަފްތާގައި ސްރީލަންކާގައި ހިންގާފައިވާ ދުވަސްވަރެއްގައެވެ.