ޚަބަރު

ކާށިދޫ ބޯޓުޔާޑުގައި ރޯވެ އަނދަނީ

ކ. ކާށިދޫ ބޯޓުޔާޑުގައި އަލިފާން ރޯވެއްޖެއެވެ.

ކާށިދޫން "ވަން"އަށް މައުލޫމާތުދިން މީހަކު ބުނިގޮތުގައި މިރޭގެ ވަގުތެއްގައި އަލިފާން ރޯވެ، ބޯޓުޔާޑުގައި އޮތް ދެތިން ދޯންޏެއް ވަނީ އަނދައިފައެވެ.

ކާށިދޫގެ ގިނަ ބަޔަކު ތުހުމަތުކުރަނީ ބަޔަކު، ގަސްދުގައި ބޯޓުޔާޑުގައި ރޯކޮށްލީ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ސަރަހައްދުގައި ބަޔަކު ރޯކޮށްލީ ކަމެއް އަދި މުޅިން ކަށަވަރުވެފައި ނުވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަލިފާން ނިއްވުމަށް ޓީމެއް މާލެއިން ކާށިދުއަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުރާނެ ކަމަށެވެ.