އެސްޓީއޯ ރޯދަ ބާޒާރަކީ ރޯދަ މަހަށް ހާއްސަކޮށްގެން، ކޮންމެ ދުވަހަކުވެސް ވަން އޮންލައިންގެ ނޫސްވެރިން ބާޒާރަށް ގޮސް، ތަކެތީގެ އަގުތައް ހުރި ގޮތް ގެނެސްދޭ ލިޔުމެކެވެ. މި ލިޔުން ގެނެސްދެނީ އެސްޓީއޯގެ ހެޔޮއެދުން ތަކާއެކުއެވެ.
މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. ބާޒާރު މައްޗަށް މިއަދަކީވެސް ބާރުބޮޑު ދުވަހެކެވެ. މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓަށްވެސް ބާރު ބޮޑެވެ. ފަނިގިރުމަށާއި ހެދިކާ އާއި އެކިއެކި ކާތަކެތި ތައްޔާރުކުރަން ބޭނުންވާ ތަކެތި ގަންނަން އެތައް ބަޔަކު ނުކުމެ އެބަ އުޅެއެވެ.
މާރުކޭޓުގައި މިއަދު އެންމެ ގިނައިން ފެންނަން ހުރީ މިރުހާއި ކަރަލެވެ. އެގޮތުން އެ ދެ ބާވަތުގެ އަގުވެސް ވަނީ ކުރިއާ އަޅައިބަލާއިރު ދަށްވެފައެވެ. ކަނޑޫދޫ މިރުސް ކިލޯއެއް އިއްޔެ 600-500 ރުފިޔާއަށް ހުރި އިރު މިއަދު ހުރީ 400-500 ރުފިޔާއަށެވެ. ކަރާ ކިލޯއެއް މިއަދު އުޅެނީ 14-15 ރުފިޔާއަށެވެ.
ބާޒާރުގެ އަގުތައް
ފަނިގިރާ ބާވަތްތައް:
- ކަރާ: 14-15 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 70 ރުފިޔާއަށް ކިލޯއެއް
- ސްވީޓް މެލަން: 40 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 100-120 ރުފިޔާއަށް ކިލޯއެއް
- ދިވެހި ފޭރު: 55 ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް: 20-30 ރުފިޔާއަށް
- ފެޝަން ފުރުޓް: 60 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 45 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 30 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 15-20 ރުފިޔާއަށް ވަކެއް
- ރޯ ކަދުރު: 150-200 ރުފިޔާއަށް ކިލޯއެއް
- އޮރެންޖެއް: އަށް ރުފިޔާއަށް
- އާފަލެއް: ފަސް ރުފިޔާ އާއި ހަތް ރުފިޔާއަށް
- މެންޑްރިން: 40 ރުފިޔާއަށް ކިލޯއެއް
- މޭބިސްކަދުރު: 100-120 ރުފިޔާއަށް ކިލޯއެއް
- އަނބު: 100 ރުފިޔާއަށް ބައެއް (ހަ އަނބުގެ)
- އަންނާރު: 70 ރުފިޔާއަށް ކިލޯއެއް
ފަތްޕިލާވެލީގެ ބާވަތްތަކާއި ކާށި ލިބެންހުރި އަގުތައް:
- ކަންކުން: 15-20 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 15-20 ރުފިޔާއަށް ދެ ބޮނޑި
- ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5-7 ރުފިޔާއަށް ފަތެއް
- ކާއްޓެއް: 10-25 ރުފިޔާއަށް
- ގަބުޅިއެއް: 25-30 ރުފިޔާއަށް
ތަރުކާރީ އާއި ފަލަމަޑީގެ ބާވަތްތަކުގެ އަގުތައް:
- ބިހެއް: 3-4 ރުފިޔާއަށް
- ފިޔާ: 25 ރުފިޔާއަށް ކިލޯއެއް
- އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކާ އަގު: 320 ރުފިޔާއަށް
- އަލުވި: 25 ރުފިޔާއަށް ކިލޯއެއް
- އެސްޓީއޯއިން އަލުވި ބަސްތާއެއް ވިއްކާ އަގު: 320 ރުފިޔާ
- ލޮނުމެދު: 55 ރުފިޔާއަށް ކިލޯއެއް
- އިނގުރު: 60 ރުފިޔާއަށް ކިލޯއެއް
- ކެރެޓު: 35 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 60 ރުފިޔާއަށް ކިލޯއެއް
- ބަށި: 60 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 35 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 35 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 60 ރުފިޔާ ރުފިޔާއަށް ކިލޯއެއް
- ކައްޓަލަ: 40-60 ރުފިޔާއަށް ކިލޯއެއް
- ބަނބުކެޔޮ: 25-50 ރުފިޔާއަށް ކިލޯއެއް
- ތޮޅިމިރުސް: 500 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 400-500 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 55 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 50 ރުފިޔާއަށް ކިލޯއެއް
- ބެލްޕެޕާ: 80 ރުފިޔާއަށް ކިލޯއެއް.
މަސް މާރުކޭޓުގެ އަގުތައް:
- ކަނޑުމަސް: 20-30 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
- ގޮދާ: 25 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 65 ރުފިޔާއަށް މަހެއް
- ހަންޖެއް: 75-350 ރުފިޔާއަށް
- މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
- މެދު ސައިޒުގެ ރަތް މަހެއް: 90 ރުފިޔާއަށް
- ރެހި ޖޯޑެއް: 15 ރުފިޔާއަށް
- މެދު ސައިޒުގެ ފިލޮޅެއް: 80 ރުފިޔާއަށް
- މެދު ސައިޒުގެ ފާނައެއް: 85 ރުފިޔާއަށް
- މެދު ސައިޒުގެ ތޮޅިއެއް 55 ރުފިޔާއަށް
- ކުރު މަހެއް: 650-750 ރުފިޔާއަށް