ޚަބަރު

އެމްޑީޕީއަށްފަހު ދެން ރާއްޖޭގައި ވެރިކަން ކުރާނީ ޕީޕީއެމްއިން: ޝިޔާމް

އެމްޑީޕީއަށްފަހު ދެން ރާއްޖޭގައި ވެރިކަން ކުރާނީ ޕީޕީއެމްއިން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިރޭ ވީޓީވީން ގެނެސްދިން "ފަސްމަންޒަރު" ޕޮރްގުރާމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އެންމެ ކާމިޔާބު ޕާޓީއަކީ ޕީޕީއެމް ކަމަށާއި އެމްޑީޕީއަށްފަހު ދެން ދިވެހިރާއްޖޭގައި ވެރިކަންކުރާނީ ޕީޕީއެމްއިން ކަމުގައި ގަބޫލުކުރައްވާ ކަމުގައެވެ. އަދި ޕީޕީއެމްގެ މުސްތަގުބަލާ މެދު ދެކިވަޑައިގަންނަވަނީ ވަރަށް އުޖާލާކޮށް ކަމަށާއި މަސައްކަތްކުރަމުން ގެންދަނީވެސް އެގޮތުގައި ކަމަށެވެ.

ސިޔާމު ވިދާޅުވީ ޕީޕީއެމް ވަރުގަދަ ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކޮންމެ ދުވަހަކުވެސް ކުރަމުންގެންދާ ކަމަށާއި ނަމަވެސް ފުލުފުލުގައި ތިން އިންތިހާބު ނާކަމީޔާބު ވުމުން ނުތަނަވަސްކަމެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިވަގުތަ އަނެއްކާވެސް ވެލިފޮޅާލާފައި ތެދުވެގެން ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު ޝިޔާމަކީ، ފާއިތުވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން އިންތިހާބުވެވަޑައިގެންފައިވާ މެމްބަރެވެ.