ޚަބަރު

ޗަމްޕާ ބްރަދާސް އިން ހަދިިޔާކުރި ކާއްޓާއި ކަރާ އަދި ފިޔާ މިރޭ ބަހަން ފަށަނީ

2

ރާއްޖޭގެ މަޝްހޫރު މަހުޖަނު އަހުމަދު މޫސާ (އުއްޗު) ގެ ކުންފުނި ޗަމްޕާ ބްރަދާސްއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކާއްޓާއި ކަރާ އަދި ފިޔާ މިރޭ ބަހަން ފައްޓާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޗަމްޕާ ބްރަދާސް އިން ވަނީ މިދިޔަ އަހަރުވެސް ރާއްޖޭގެ ރައްޔިތުންނަށް 25،000 ކާށި ބަހައިފަ އެވެ. މި އަހަރު ހަދިޔާކުރި ތަކެތި މިހާރު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވީ ނަމަވެސް، އެއީ ކިހާ އަދަދެއްގެ ތަކެތި ކަމެއް އަދި ނޭނގެއެވެ.

މާލެ ސިޓީ ކައުންސިލުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކުރި ކާއްޓާއި ކަރާ އަދި ފިޔާ ބަހަން ފަށާނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން 12 އަށް ކަމަށެވެ. ތަކެތި ދޫކުރާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދިއުމުން، އެންމެ ފުރަތަމަ ދާ މީހުންނަށް އިސްކަންދޭ އުސޫލުން ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ޗަމްޕާ ބްރަދާސް އިން ހަދިޔާކުރި ތަކެތި ބަހާ ތަންތަން:

ހުޅުމާލޭގައި: އުމަރު ޒާހިރު ބިލްޑިން

މާލެގައި: މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟